ބިދޭސީން ހިންގާ 56 ވިޔަފާރިއެއް ބަންދުކޮށްފި

ގަވާއިދާއި ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ބިދޭސީން ހިންގާ 56 ވިޔަފާރިއެއް ބަންދުކޮށްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނުގަވައިދުން ވިޔަފާރިކުރާ ބިދޭސީންގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއްކަމަށެވެ. މިކަމަކީ އާންމު ރައްޔިތުންގެވެސް ބޮޑު ކަންބޮޑުވުމެއްކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަށް ހާއްސަ އިސްކަމެއްދީގެން މިދިޔަ 3 ހަފުތާތެރޭ 56 ވިޔަފާރިއެއް ބަންދުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އިތުރަށްވެސް ވަރަށް ގިނަ ކަންކަން އެބަކުރެވޭ، މިގެންދަނީ ރައްޔިތުންގެ ވިންދާ އިހުސާސާއެއްގޮތަށް ކަންކަން ރަނގަޅުކުރުމަށް މިދަނީ ފިޔަވަޅުތައް އަޅަމުން، ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް ކަންކަން ރަނގަޅުކުރަމަށް މަސައްކަތްކުރަމުން މިދަނީ." ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް