ފައިނު ކައުންސިލުން ދޭ ފަހުރުވެރިކަމުގެ އެވޯޑު މިނިސްޓަރ އާދަމް ޝަރީފަށް

ރ. އަތޮޅު ފައިނު ކައުންސިލުން ދޭ '"ފައިނު އެވޯޑު 2025"' ގެ ފަޚުރުވެރިކަމުގެ އެވޯޑު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރަށް އަރުވައިފިއެވެ.

މި އެވޯޑަކީ ފައިނުގެ ޚިދުމަތްތެރީންނާއި، މަސައްކަތްތެރީންނާއި، ރަށަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެންދޭ އެވޯޑެކެވެ. މިއީ މި އެވޯޑު ދިން ފުރަތަމަ ފަހަރެވެ.

ސިޓީސް މިނިސްޓްރީން ހާމަކުރި ގޮތުގައި ފައިނު ކައުންސިލުން ވިދާޅުވީ ވަޒީރު އާދަމް ޝަރީފު ޢުމަރަށް އެ އެވޯޑު އެރުވީ އެ މަނިކުފާނު ދައުލަތަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އިތުރުން ފައިނު އެ ދާއިރާއަކަށް ނިސްބަތްވާ ރ. މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމައި ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރުކަމުގެ މަޤާމު ފުރުއްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގައެވެ.

ތައުލީމީ ދާއިރާއަށް 35 އަހަރުގެ ޚިދުމަތްކުރެއްވުމުގެ އިނާމު ވަޒީރަށް ވަނީ ލިބިވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް