ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ފާހަގަކުރުމަށް ވެބިނާއެއް

ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ފާހަގަކޮށް، އިންވެސްޓަރުންނަށް ޚާއްސަ މަޢުލޫމާތު ވެބިނާރެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ވެބިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް، ބޭރުގެ އިންވެސްޓްމަންޓް ގެނައުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ވެބިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވާ އާދީއްތަ ދުވަހު ރާއްޖެ ގަޑިން 10:00 ގައެވެ.

މި ވެބިނާރަށް ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 7 ވާ ބުދަ ދުވަހުގެ ކުރިން، ދިނަސްނުލި ލިންކު މެދުވެރިކޮށް ނަންނޯޓް ކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް