އެމްޑީޕީ ކައުންސިލް ޕްރައިމަރީ އަންނަ މަހު 16 އަށް އަވަސްކޮށްފި

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 16 އަށް އަވަސް ކޮށްފި އެވެ.

އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 30ގަ އެވެ. މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ޕްރައިމަރީގެ ވޯޓްލާ ތާރީހަކީ އަންނަ މަހުގެ 16 ވާ ހުކުރު ދުވަހުގެ 2:30 އިން ރޭގަނޑު 8 ކަމަށެވެ.

އެ ބަދަލު ގެނައީ، ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ލިބޭނީ 14 ދުވަހުގެ މުއްދަތެއް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން މައުލޫމާތުދީފައިވާތީ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ. ކައުންސިލް އިންތިހާބަށް ކުރިމަތިލާން އީސީން ހުޅުވާލާނީ އަންނަ މަހުގެ 17ގަ އެވެ. މިބަދަލާ ގުޅިގެން، ޕްރައިމަރީ އިންތިހާބުގެ އެ ޕާޓީގެ ޓައިމްލައިން ވެސް ވަނީ ބާތިލުކޮށްފަ އެވެ. އެ ޕާޓީން ބުނީ، އާ ޓައިމްލައިން ދެން އިއުލާންކުރާނީީ އީސީން ދާއިމީ ރިޕޯޓް އާއްމުކުރުމުން ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް