ދެބެންގެ ދެމެދު ހިނގި މާރާމާރީއެއްގައި އެކަކު ވަރަށް ބޮޑަށް ޒަހަމުވެގެން ފަރުވާދެނީ

ހިޔާ ފްލެޓެއްގައި ދެބެންގެ ދެމެދު ހިނގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

އޭގެތެރެއިން އެކަކަށް ވަރަށް ބޮޑަށް އަނިޔާވެގެން މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި މާރާމާރީގައި ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހޮސްޕިޓަލުން ބުނިގޮތުގައި، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ވަނީ ބުރިވެފަ އެވެ.

ފުލުހުން ބުނީ، މި މަރާމާރީ ހިނގާފައިވަނީ، ހިޔާ 8 ވަނަ ޓަވަރު އެޕާޓުމަންޓެއްގަ ކަމަށެވެ. އެ އެޕާޓުމަންޓުގައި އަޑުގަދަ ކުރާކަމަށްބުނެ މިއަދު ލިބުނު ރިޕޯޓަކާއި ގުޅިގެން ގޮސް ބެލިއިރު، އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މާރާމާރީ ހިނގީ އެ ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރިކަމަކަށް ފުލުހުން ނުބުނެ އެވެ. އެކަމަކު މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް