ކޮންނަ ބޯޓެއްގެ ހޮޅިތަކެއް އޮޔާތީ ސަމާލުވާން އެދިއްޖެ

ކ.ނަކައްޗާފުށި ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާލަށް ކޮންނަ ބޯޓެއްގެ ހޮޅިތަކެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފްއިން ބުނީ، އޮޔާދަނީ، ނަކައްޗާފުށީ ކައިރި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް 100 މީޓަރުގެ ކޮންނަ ބޯޓެއްގެ ހޮޅިތަކެއް ކަމަށެވެ. މި ހޮޅިތައް އޮޔާދަނީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށް ކަމަށް ބުންޏެވެ. އެހެންވެ، އަލިހުރަސްކަނޑާއި، އެ ސަރަހައްދު ކައިރިން ދަތުރުކުރާއިރު މިކަމަށް ސަމާލުކަންދިނުމަށް އެދިފައިވެ އެވެ. އަދި، ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެ އެެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް