ހުޅުމާލޭ ފަޅުތެރޭގައި އޮއްވައި ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ހުޅުމާލޭ ފަޅުތެރޭގައި އޮއްވައި ދިޔަވަމުންދިޔަ ލޯންޗަކަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ "ރެފްކޫލް އެކްސްޕްރެސް 2" ނަމަކަށް ކިޔާ ލޯންޗު ދިޔަވަމުންދާކަމުގެ މަޢުލޫމާތު މިރޭ 19:07 ހާއިރު ލިބުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ، ލޯންޗު އޮތް ސަރަހައްދަށް ގޮސް، ލޯންޗުން ދިޔަހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި، ލޯންޗު ދިޔަވަމުންދާ ސަބަބު ދެނެގަނެ، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ ސިފައިން ވަނީ ލީކުވަމުންދާ ސަރަހައްދު ބެއްދުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ކޯސްޓްގާޑް ޝިޕް ޣާޒީން މި ލޯންޗުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި، އެ މަސައްކަތް ނިންމާލާފައިވަނީ މިރޭ 20:45 ހާއިރުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް