ގުރައިދޫ ކައިރިން ހިފި ކިނބުލެއް، ރާއްޖޭގެ ސަރަހައްދުން ބޭރަށް ދޫކޮށްލަނީ

ގުރައިދޫ ފަޅުން ހިފި ކިނބޫ ރާއްޖެއަށް ނާދެވޭ ގޮތަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، (އެމްއެންޑީއެފް)އިން ބުނެފިއެވެ.

ކ. ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން، 6 ފޫޓުގެ ކިނބުލެއް ހިފާފައިވަނީ "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ރާއްޖެއަށް ނާދެވޭ ގޮތަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިރުވައި މޫސުމުގައި އޮޔާއި ވައި ހުންނަ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކިނބޫ ފެންނަމުންދެއެވެ. އަދި މިގޮތަށް ފެންނަ ކިނބޫތައް އަމިއްލައަށް ހިފަން މަސައްކަތް ނުކޮށް، ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ ޢިލްތިމާސް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް