ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ލ.ގަމުގެ އިރުން ކާގޯ ބޯޓެއް އޮޔާދާތީ، ސަމާލުވުމަށް އެމްއެންޑީއެފްއިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފްއިން ބުނީ، "އިންޓަގްރިޓީ ސްޓާ" ނަމަކަށް ކިޔާ އެ ކާގޯ ބޯޓު އޮޔާދަނީ، ގަމުގެ އިރުން ގާތްގަނޑަކަށް 48 މޭލު ބޭރުން އުތުރުން ދެކުނަށް ކަމަށެވެ.

"އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ،" އެމްއެންޑީއެފް އިން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް