މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި--

މިދިޔަ ދެ އަހަރުގެ ތެރޭގައި 2.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެ މުއްދަތުގައި އަތުލި މަސްތުވާތަކެތީގެ ތެރޭގައި 1.1 ޓަނުގެ މަސްތުވާތަކެތި ހިމެނޭ ކަމަށެވެ. އޭގެ މަގުމަތީ އަގަކީ، 2.2 ބިލިއަން ރުފިޔާ ކަމަށް ވެސް ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ، މިއީ ދިވެހި ތާރީހުގައި ވެސް ދެ އަހަރު ދުވަހުގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފެހެއްޓި ފުރަތަމަ ދެ އަހަރު ކަމަށެވެ.

ފާއިތުވި ދެ އަހަރު އެންމެ އިސްކަމެއްދީގެން ކުރި އެއް މަސައްކަތަކީ ވެސް މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް ކުރެވުނު މަސައްކަތް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އިސްމާއިލް ނަވީން ވިދާޅުވިގޮތުގައި މިއަހަރުތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 181 އޮޕަރޭޝަން ހިންގިފައިވާ ކަމަށެވެ.

މި އޮޕަރޭޝަންތަކުގައި:

  • 951 މީހަކު ހައްޔަރުކޮށްފައިވޭ
  • މަސްތުވާތަކެތީގެ ކަންކަމުގައި އުޅޭ 121 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވޭ
  • މަސްތުވާތަކެތީގެ ވަބާގައި ޖެހިގެންއުޅޭ 291 މީހަކު ފަރުވާއަށް އެންޑީއޭ އާއި ހަވާލުކޮށްފައިވޭ
  • 865 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މިއަހަރު އެކަނި އަތުލައިގެންފައިވޭ
  • މަސްތުވާތަކެތީގެ 650 މައްސަލަ ތަހުގީގުކޮށްފައިވޭ
  • މަސްތުވާތަކެތީގެ މައްސަލާގައި ދައުވާކުރަން 263 މަައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވޭ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް