އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ސްމާޓް މިނީ ގްރިޑް ސިސްޓަމުން ޖޭ.ސީ.އެމް ކްރެޑިޓް ދޫކުރަން ނިންމައިފި

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ޤާއިމުކޮށްފައިވާ ސްމާޓް މިނީ ގްރިޑް ސިސްޓަމުން ޖޭ.ސީ.އެމް. ކްރެޑިޓް ދޫކުރުން ފައިނަލްކޮށްފިއެވެ.

މިގޮތަށް ނިންމާފައިވަނީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ބޭއްވި ޖޭ.ސީ.އެމް.ގެ 5 ވަނަ ބައްދަލުވުމުގައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ސްމާޓް މިނީ ގްރިޑް ސިސްޓަމްގައި ސޯލާ ޕީ.ވީ. (ފޮޓޯވޮލްޓެއިކް) އާއި ބެޓެރީ އެނަރޖީ ސްޓޯރޭޖް އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމެއް ހިމެނެއެވެ. މި ސިސްޓަމް ތަރައްޤީކުރެވިފައިވަނީ ޖޭ.ސީ.އެމް. (ޖޮއިންޓް ކްރެޑިޓިން މެކޭނިޒަމް) އަދި އޭ.ޑީ.ބީ. (އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް) ގެ އެހީގައި ހިންގާ ޕީ.އޯ.އައި.އެސް.އީ.ޑީ މަޝްރޫޢުގެ ދަށުންނެވެ.

ޖޭ.ސީ.އެމް.ގެ ދަށުން މި ކާމިޔާބީއަކީ، ކާބަން ބޭރުކުރުން ކުޑަކުރުމުގެ ތަރައްޤީއަށް ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ކަށަވަރުކޮށްދޭ ކަމެއް ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް