ބޭބީ ސިޓާސް ގޮތުގައި ބޭރުމީހުން ގެނެވޭ ގޮތް ހަދައިފި

ދިވެހިރާއްޖޭގައި"ބޭބީ ސިޓަރ"ގެ ގޮތުގައި ގެންނަ ބިދޭސީން ނުގެނެވޭނެ ގޮތަށް އޮތް އޮތުން ބަދަލުކޮށްފިއެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސް އާންމުކޮށްފައިވަނީ އާދިއްތަ ދުވަހުގައެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ކުރިއަށް އޮތް 2 އަހަރަށްފަހު ބައެއް ދާއިރާތަކުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން އެތެރެވުމަށް ކޯޓާ ނުދޭގޮތަށްވަނީ ހަމަޖައްސާފައެވެ.

އެދާއިރާތަކުގެ ތެރޭގައި ވަޒީފާއަށްދާ ބެލެނިވެރިން، ކުޑަކުދިންގާތުގައި މަޑުކުރުމަށް ރާއްޖެއަށް ގެންނަ ބިދޭސީން ނުވަތަ ބޭބީ ސިޓަރގެ ގޮތުގައި ގެންނަ ބިދޭސީން ނުގެނެވޭގޮތަށްވަނީ ނިންމަވާފައެވެ.

މިބަދަލާއެކު ގިނަ ބައެއްގެ ކަންބޮޑުވުންވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މިއާއެކު ސަރުކާރުން މިހާރުވަނީ މިގަވާއިދު އިސްލާޙުކޮށް އެބޭނުމުގައި ޢާއިލާތަކުން ގެންނަ ބިދޭސީން ރާއްޖެއަށް ގެނައުން ހުއްޓާލުމަށް އޮތް އޮތުން ބަދަލުކޮށްފައެވެ.

ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާގުޅޭ ގަވާއިދުގައިވަނީ އެކި ދާއިރާތަކުން ވަޒީފާގެ ބޭނުމަށް ރާއްޖެއަށް ނުގެނެވޭގޮތަށް ހަމަޖައްސަވާފައެވެ. މީގެ ތެރެއިން ބައެއް ދާއިރާތަކަށް 2 އަހަރު ފަހުން އަދި ދެން ހުރި ދާއިރާތަކުން 3 އަހަރު، 4 އަދި 5 އަހަރު ފަހުން ބިދޭސީން ގެނައުން ހުއްޓުވުމަށްވަނީ ކަނޑައަޅާފައެވެ.

މިގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ހެއަރ ޑްރެސަރ، ބިއުޓީޝަން، ޕާސަނަލް ޓްރެއިނަރ، އިލެކްޓްރީޝަން، ގެސްޓް ރިލޭޝަން އޮފިސަރ (އިންގްލިޝް)، ޓުއަރ ގައިޑް އެކައުންޓެންޓް އަދި އިމާމުންގެ ގޮތުގައި ބިދޭސީން އެތެރެކުރުމަށް ސަރުކާރުން ކޯޓާ ދޫނުކުރާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް