މާލޭ ސިޓީ ކައުންސިލުން މީދާ މަރަން ނުކުމެއްޖެ
މާލޭގައި އުޅޭ މީދާތައް ހޯދާ މަރަން މާލޭ ސިޓީ ކައުންސިލުން ނުކުމެއްޖެއެވެ.

މިއަދު ހެނދުނު މާލޭގެ މާރުކޭޓު ސަރަހައްދުގައި މީދާ ބޭސް ބަހައްޓައި، މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ.

ސިޓީ ކައުންސިލުން ބުނީ، މާލޭގައި މީދާ ގިނަ ވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް އޭގެ އުނދަގޫ އިންތިހާއަށް ކުރިމަތިވަމުން އަންނަކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

އެ ހަރަކާތް ހިންގަނީ ކައުންސިލްގެ މުވައްޒަފުން، އަދި މީދާ މަރާނީ މީދާ މަރާ ބޭސް އެކި ތަންތަނަށް އަޅައިގެން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް