ހަކަތައާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މެލޭޝިއާއާއެކު މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް، މެލޭޝިއަން ރިސޯސަސް ކޯޕަރޭޝަން ބަރަހަޑް (އެމް.އާރް.ސީ.ބީ) ގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ހަކަތައިގެ ހައްލުތަކާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ރާއްޖެއަށް ލިބިދާނެ އެހީތެރިކަމާއި އެއްބާރުލުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިވެދޭނެ އަދި ދިގު މުއްދަތަށް ތިމާވެށީގެ ގޮތުން ރައްކާތެރި ގޮތްތައް ބަލައިގަތުމަށް ހުރި ފުރުސަތުތައް ދެނެގަތުމެވެ. ޚާއްސަކޮށް، ތިމާވެށްޓާ ރަހުމަތްތެރި ހަކަތައިގެ ހައްލުތަކާއި، ކުނި މެނޭޖްކުރުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

އެ ވުޒާރާއިން ބުނީ  މި މަޝްވަރާތަކަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ހަކަތައިގެ ދާއިރާއިން އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް