މިގޮތުން ޖުމުލަ 3،050 ގުރާމުގެ ކެނަބިސް ވަނީ އަތުލައިގެންފައެވެ. މި ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެއެވެ. މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް، ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމަ، އެމީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވީ މި ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުއެވެ.ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
▫️ބާވަތް: ކެނަބިސް ފަތް ▫️ބަރުދަން: 3 ކިލޯގްރާމް (3050 ގްރާމް) ▫️މަގުމަތީ އަގު : 2.4 މިލިއަން ދިވެހި ރުފިޔާ@HomeMinistrymv pic.twitter.com/Dt7lUB4EyN — Maldives Customs Service (@CustomsMv) December 15, 2025

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯގެ ޑްރަގް އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ޑިސެންބަރު 13 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




