ކައުންސިލަރު ސައިފު އެމްޑީޕީއަށް ސޮއިކޮށްފި
މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ސައިފް މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓްގައެވެ. އެހެންނަމަވެސް މިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީ އުފެދުނު ބައިބައިވުންތަކުން ސައިފު ވަނީ، ރައީސް ނަޝީދުގެ ކޮޅު ނަގާ އެމްޑީޕީން ވަކިވެފައެވެ. އަދި އޭގެ ފަހުން ނަޝީދު އިސްވެ ހުންނަވާ އުފެއްދު ޑިމޮކްރެޓްސްއާ ގުޅުނެވެ.

އެންމެ ފަހުން ބޭއްވި މާލޭ މޭޔަރުކަމުގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް ވަނީ އެމަގާމަށް ވާދަކޮށްފައެވެ.

އެމްޑީޕީގެ ވަކިވި މެމްބަރުން އުފެއްދި ޑިމޮކްރެޓްސްގެ ނޭޝަނަލް އެސްމެބްލީން ވަނީ މިދިޔަ ޖޫން 17 ގައި އެ ޕާޓީގެ ހުރިހާ މެމްބަރުން އަލުން އެމްޑީޕީއަށް ގުޅުމަށް ނިންމާފައެވެ.

އެއާއި އެކު ބައެއް މެމްބަރުން މިހާތަނަށް ވަނީ އަލުން އެމްޑީޕީއަށް ގުޅިފައެވެ. އޭގެތެރޭގައި ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް