ޑްރަގް މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަޙުޤީޤަށް މީހަކު ހޯދަން އިޢުލާންކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުންދަނީ އަތަމާގެ ސ.ހިތަދޫ / ސަމަންދަރު، މުޙައްމަދު ޝާޠިރު (40އ) އެވެ.

ފުލުހުން ބުނީ އޭނާ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހުން ވަނީ، 2025 ޑިސެންބަރު 21 ވަނަ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް