އަނެއްކާވެސް މަސާޖު ޕާލާއަކުން ބަޔަކު ހައްޔަރުކޮށްފި
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަންގައި އަނެއްކާވެސް މަސާޖު ޕާލާއަކުން ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިނގަމުން އަންނަ އޮޕަރޭޝަންގައި މިދިޔަ ދެތިން ދުވަހުވެސް ވަނީ 8 މަސާޖު ޕާލާއެއް ފާސްކޮށް 8 ބިދޭސީން ހައްޔަރުކޮށްފައެވެ. އަދި އެ ތަންތަނުގައި ވަނީ ތަޅު އަޅުވާފައެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި މި މަހު 11 ވަނަ ދުވަހު ވެސް މާލޭގައި ހިންގަމުންދިޔަ އިތުރު ހަތަރު މަސާޖު ޕާލަރަކަށް ވަދެ ބަލައި ފާސްކޮށްފައިވާކަމަށެވެ.

އެތަންތަނަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އޮޕަރޭޝަނާއި ގުޅިގެން އިމިގްރޭޝަނުން އާއްމު ކުރަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި މަސާޖު ޕާލާތަކުން އެ އިދާރާގެ ބެލުމުގެ ދަށަށް މުޅިންހެންވެސް ގެންގޮސްފައިވަނީ އަންހެނުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް