މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މިފްކޯ އަދި ދުވާފަރު ކައުންސިލުން ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމާއި މިފްކޯގެ ސީ.އީ.އޯ، ފަރުހަތު ޝަހީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ވަނީ މި ކުޑަކުދިންގެ ހަވީރު ބައްލަވާލައްވައިފައެވެ.

މި ކުޑަކުދިންގެ ހަވީރު ކުރިއަށްގެންގޮސްފައި ވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށް ދުވާފަރު ފުޓުބޯޅަ ދަނޑު ސަރަހައްދުގައެވެ.

މި ކުޑަކުދިންގެ ހަވީރުގައި ދުވާފަރުގެ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. މި ކުޑަކުދިންގެ ހަވީރުގައި ކުދަކުދިން ޝައުގުވެރިވާފަދަ މަޖާ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް