ފޯކައިދޫގައި އަލަށް އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި

ށ. ފޯކައިދޫ މަސްޖިދުލް ނޫރު މިއަދު ހުޅުވައިފިއެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ށ. ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރެވެ.

މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ ޝެއިޚް އަޙްމަދު ސަމީރެވެ.

އިސްލާމީ ވުޒާރާއިން ހާމަކުރި ގޮތުގައި މި މިސްކިތަކީ އަލްމަރުހޫމް ޙުސައިން ވަހީދު (ފޯކައިދޫ ވަހީދު) ގެ ޚަރަދުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. އަދި މިއީ 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް