ސީޒަންގެ ދެވަނަ ކްރޫޒްލައިނާއިން 150 އަށް ވުރެ ގިނަ ފަތުރުވެރިން

150 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބޭރުގެ ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ.

އިމިގްރޭޝަނުން ބުނީ "އެމްއެސް ލޫމިނާރާ" ނަމަކަށް ކިޔާ ކްރޫޒްޝިޕުން ރާއްޖެ އައި 159 ފަސިންޖަރުންނަށާއި 372 ކްރޫންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ. ސީޝެލްސް އިން ރާއްޖެ އައި މި ކްރޫޒްލައިނާގެ ފަތުރުވެރިން މާލެ އައިސްފައިވަނީ މިއަދެވެ.

މިއީ މި ޑިސެންބަރު މަހު ރާއްޖެ އައި ދެވަނަ ކްރޫޒްލައިނާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް