ކަސްޓަމްސްއިން ލަންކާއަށް 135،000 ރުފިޔާ ހަދިޔާކޮށްފި

މިދިޔަ މަހު ސްރީ ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ދިމާވެފައިވާ ލިބުނު ގެއްލުންތަކާއި ގުޅިގެން އެ ޤައުމަށް އެހީތެރިވުމަށް މޯލްޑިވަސް ކަންޓަމްސް ސާރވިސްގެ ފަރާތުން 135,700 ރުފިޔާ ހަދިޔާކޮށްފިއެވެ.

ކަސްޓަމްސް ސާރވިސްގެ ފަރާތުން ރާއްޖޭގައި ހުންނަ ލަންކާ އެމްބަރސީއާއި މި ފައިސާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނާ އިބްރާހިމް މަފާޒް، މަހްމޫދު ރިޔާޒްއެވެ. އަދި އެމްބަސީގެ ފަރާތުން ފައިސާއާއި ހަވާލުވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއެވެ.

ސްރީލަންކާއަށް އެހީތެރިވުމަށް ޕަބްލިކް ސާރވިސް މީޑިއާ ޕީއެސްއެމްއިން އިސްނަގައިގެން 37 މީޑިއާއެއް ގުޅިގެން ހާއްސަ ޓެލެތޯންއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް