ކަރަންޓުގައި ޖެހި ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
ކަރަންޓުގައި ޖެހި ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއްގައި، ސްޓެލްކޯގެ މުވައްޒަފަކު ފިހުނީ މިދިޔަ މަހުގެ 26 ވަނަ

މި ހާދިސާގައި ފިހިފައިވަނީ އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލްއެވެ. އޭނާ ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ.

އަޒްމީލިގެ ހަށިގަނޑު ބޮޑު ބައެއް ފިހި އޭނާއަށް ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

މި ހާދިސާ ހިނގި ދުވަހު ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގީ ސްވިޗުގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ. ސްވިޗުގިއަރަކީ ގްރިޑުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެއްޗެކެވެ. އެއީ އާންމު ގޭގެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބްރޭކަރު ފަދަ އެއްޗެކެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް ސްޓެކްކޯއިން ވަނީ ބުނެފައެެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް