ހާފްވޭހައުސްއަށް މަސްތުވާތަކެތި އުކި މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްގެ ބޭރުގައި ހުރެ އެތަނުގެ ތެރެއަށް ޑްރަގު އުކި މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް އަކީ މަސްތުވާތަކެތިން މީހުން ސަލާމަތް ކުރުމަށް ފަރުވާ ދިނުމަށް ބޭނުންކުރާ މަރުކަޒެވެ.

މަސްތުގެ ވަބާއިން މީހުން ސަލާމަތް ކުރަން ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ހާފްވޭ ހައުސް ތެރެއަށް މަސްތުވާތަކެތި ހުރި އެއްޗެއް އެއްލާލުމަށް ފަހު ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހ. ސަނީވޭ މުހައްމަދު އަޒްލީނެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

މި ތަނުގެ އެތެރެއަށް ޑްރަގު އުކި މައްސަލާގައި ހައްޔަރުކޮށްފައިވަނީ  ހ. ސަނީވޭ މުހައްމަދު އަޒްލީނެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހާފްވޭ ހައުސް ކައިރިއަށް ސައިކަލެއްގައި ގޮސް އެތަނުގެ ބޭރުގައި ހުރެ އެތަނުގެ ތެރެއަށް އެއްޗެއް އެެއްލާލުމަށް ފަހު ސައިކަލުގައި ފިލައިގެން ދިޔުމުންނެވެ. މީނާ މިތަކެތި ހާފްވޭ ހައުސް ތެރެއަށް އުކާ އެ ސަރަހައްދުން ދާ މަންޒަރު އެތަނުގެ ސީސީޓީވީ ފުޓޭޖުން ފެނެއެވެ.

ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން މި މީހާ ބުނެފައިވަނީ އޭނާ ހާފްވޭ ހައުސް ތެރެއަށް އެއްވެސް އެއްޗެއް އެއްލާލާފައިނުވާނެ ކަމަށެވެ.

އަދި އެތަނުގެ ކައިރިއަށް ސައިކަލް މަޑުކޮށްލުމަށްފަހު އެތަނުގައި ހުރި މީހެއް ކައިރީގައި ކިހިނެއްތޯ އަހާލުމަށްފަހު ދިޔައީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް