ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ޚާއްޞަވާ ދާއިރާތައް ކަނޑައަޅައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ސިޓީ ކައުންސިލްތަކުން އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައަޅައިފިއެވެ.

މިގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނުގައިވާ ގޮތުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހަ އިންތިޚާބީ ދާއިރާ ޚާއްޞަކުރެވިފައިވާއިރު، އައްޑޫ ސިޓީގައި ހަތަރު ދާއިރާ، ތިނަދޫ އާއި ކުޅުދުއްފުށި ސިޓީގައި ދެ ދާއިރާ އަދި ފުވައްމުލައް ސިޓީގައި ތިން ދާއިރާއެއް އަންހެނުންނަށް ވަނީ ޚާއްޞަ ކުރެވިފައެވެ.

މާލެ ސިޓީ ކައުންސިލް – އަންހެނުންނަށް ޚާއްސަކުރާ އިންތިޚާބީ ދާއިރާތައް

  1. ހުޅުމާލެ އުތުރު ދާއިރާ (T17)
  2. ހެންވޭރު އުތުރު ދާއިރާ (T4)
  3. ގަލޮޅު އުތުރު ދާއިރާ (T5)
  4. މައްޗަންގޮޅި މެދު ދާއިރާ (T15)
  5. މާފަންނު މެދު ދާއިރާ (T11)
  6. ހެންވޭރު ދެކުނު ދާއިރާ (T3)

އައްޑޫ ސިޓީ ކައުންސިލް – އަންހެނުންނަށް ޚާއްސަކުރާ އިންތިޚާބީ ދާއިރާތައް

  1. ހިތަދޫ މާމެންދޫ ދާއިރާ (S6)
  2. ހިތަދޫ ބޭރުމަތި ދާއިރާ (S3)
  3. މަރަދޫ ދާއިރާ (S7)
  4. ފޭދޫ މަގުއްދޫ ދާއިރާ (S9)

ތިނަދޫ ސިޓީ ކައުންސިލް – އަންހެނުންނަށް ޚާއްސަކުރާ އިންތިޚާބީ ދާއިރާތައް

  1. ތިނަދޫ އިރު އުތުރު ދާއިރާ (Q1-3)
  2. ތިނަދޫ ހުޅަނގު ދެކުނު ދާއިރާ (Q1-4)

ކުޅުދުއްފުށީ ސިޓީ ކައުންސިލް – އަންހެނުންނަށް ޚާއްސަކުރާ އިންތިޚާބީ ދާއިރާތައް

  1. ކުޅުދުއްފުށި މެދު އުތުރު ދާއިރާ (B9-3)
  2. ކުޅުދުއްފުށި އިރު ދެކުނު ދައިރާ (B9-6)

ފުވައްމުލައް ސިޓީ ކައުންސިލް – އަންހެނުންނަށް ޚާއްސަކުރާ އިންތިޚާބީ ދާއިރާތައް

  1. ދަނޑިމަގު ދާއިރާ (R1)
  2. މާލެގަން ދާއިރާ (R7)
  3. ދޫޑިގަން ދާއިރާ (R8)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް