މަނަދޫގައި ހިންގި ޒުވާން ޚަޠީބު ޕުރޮގުރާމު ހަތް ބައިވެރިއަކު ފުރިހަމަކޮށްފި

ނ. މަނަދޫގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީން ޕުރޮގުރާމު ހަތް ބައިވެރިއަކު ފުރިހަމަކޮށްފިއެވެ.

މި ޕުރޮގުރާމު ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ރޭ އެރަށުގައި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތަައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާންއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚަޠީބުންގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގުރާމެކެވެ.

މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީންކުރެވިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް