ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ކަމަށް ސޮބާހު
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ކަމަށް އަހުމަދު ސޮބާހު އައްޔަންކުރައްވައިފި އެވެ.

ކަރެކްޝަންސްއިން ބުނީ އެ އިދާރާގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހުމަދު ސޮބާހު ޑެޕިއުޓީ ކޮމިޝަނަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ސޮބާހު ވަނީ ކަރެކްޝަނަލް ސާވިސް އަށް 21 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ.

ޖަލުތައް ބަލަހައްޓާ އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އެންމެ ފަހުން ހުންނެވީ އިބްރާހިމް މުހައްމަދު ދީދީ އެވެ. މިދިޔަ މަހުގެ 26 ގައި އޭނާ ވަނީ އެ މަގާމުން ރިޓަޔާ ކުރައްވައިފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް