ބޮޑުތަކުރުފާނު މަގުގެ ތާރުއެޅި ބައި އާންމުންނަށް ހުޅުވާލައިފި

ފުރަތަމަ ފިޔަވަހީގެ ދަށުން ބޮޑުތަކުރުފާނު މަގުގައި ތާރުއެޅި ސަރަހައްދު އާއްމުންނަށް މިއަދު ހުޅުވާލައިފި އެވެ.

މިހާރު ތާޅުއަޅައި ހުޅުވާލާފައިވަނީ، ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދިޔަ ފުރަތަމަ ސެގްމަންޓު ހިމެނޭ ސަރަހައްދެވެ. އެއީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންއާ ހަމައަށް ހިމެނޭ 130 މީޓަރުގެ ސަރަހައްދެވެ. މި ސަރަހައްދު ތަރައްގީކޮށްފައިވަނީ ޒަމާނީ ފެން ހިންދާ ނިޒާމެއް ހިމެނޭހެނެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އޯގަސްޓު މަހު އެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ، 455 ދުވަހުން ނިންމާގޮތަށް 144 މިލިއަން ރުފިޔާ އެވެ.

ފަސް ސެގްމަންޓަކަށް ބަހާލައިގެން ކުރަމުން އަންނަ މި މަސައްކަތުގައި ދެން ފަށާނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަަހައްދުގައި ތާރުއެޅުމުގެ މަަސައްކަތެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް