ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިންގާ، މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދިޔަ ތަނެއް ހުއްޓުވައިފި

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިންގާ، މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދިޔަ ތަނެއް ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ބުނީ ރޭ ހިންގި ރެއިޑު އޮޕަރޭޝަންގައި މާލޭގެ ދިލްކުޝާގޯޅީގައި، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރ ކުރަމުންދިއަ ތަނެއް ފާސްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ބިދޭސީން ދިރިއުޅެމުންދާ 4 އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އަދި އެތަންތަނުގައި ގަވާއިދާ ހިލާފަށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިއަ 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައި ވެއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. ފުލުހުންނާއެކު ހިންގަމުން އަންނަ މިއޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދާ މީހުން ޑީޕޯޓު ވެސް ކުރެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް