މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު ޢައްޔަންކޮށްފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު ޢައްޔަންކޮށްފައިވާ ކަމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފިއެވެ.

ޕީސީބީން މިއަދު ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ ގއ.ދެއްވަދޫ، ނަސްރީނުވިލާ، ޝަހީދު އިބްރާހީމެވެ.

ޝަހީދާއެކު ޕޯސްޓް އޮފީހުގެ ބޯޑުގައި މިހާރު ޖުމުލަ ފަސް ޑިރެކްޓަރުން ތިއްބަވައެވެ. އެއީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަފީޤާއި ތިން ނޮން-އެގްޒެކެޓިވް ޑިރެކްޓަރުން ކަމަށްވާ މަޙުމޫދު ރަމީޒު ޢަބްދުއްރަޙްމާނާއި، ޙައްވާ ސަފްނާ އަދި ޢަބްދުالله ޢާދިލެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް