އަލަށް ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް ހިންގި "ތައްޔާރުވަމާ" ވޯކްޝޮޕް ނިންމާލައިފި

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޒުވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ތައްޔާރުވަމާ" ވޯކްޝޮޕް ނިންމާލައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ހިންގި މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ މިއަދު 09:30 އިން 17:30 އަށެވެ.

ޖުމްލަ 63 ޒުވާނުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވާއިރު މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ ޔޫތު ހަބުގައެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް