ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ޓޯކުރާ އޮޕަރޭޝަނެއް ފުލުހުން ފަށައިފި

ހުޅުމާލޭގައި ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ޓޯކުރާ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

ހުޅުމާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކަށް ދޫކޮށްފައިވާ އުޅަނދުތައް ނެގުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ ދަތުރުފަތުރާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

ހުޅުމާލެ ފޭސް 2 ޓޯވް ޔާޑް ސަރަހައްދުގައި ބޭއްވި ރަސްމިއްޔަތުގައި މިނިސްޓަރު އަމީންގެ އިތުރުން، ކޮމިޝަނަރު އޮފް ޕޮލިސް އިސްމާޢިލް ނަވީން އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރާއި، އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެޗްޑީސީން ހިމެނޭހެން ސަރުކާރު ހިއްސާވާ 9 ކުންފުންޏަކާއި ޕަބްލިކް ވޯކްސްއިން ބައިވެރިވެއެވެ.

މި ޕްރޮގްރާމު 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާއިރު، ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި މަގުތަކާއި ބިންތަކަށް ދޫކޮށްލާފައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް