މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކަން މިފްކޯއާއި އެފްއެސްއެމް އާ ދެމެދު އެއްބަސްވުމެއް

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް، ޙައްލުކުރުމަށް ރައީސް ވެވަޑައިގެންނެވި ވަޢުދުފުޅާއެއްގޮތަށް މްސްވެރިންނަށް، ދޫކުރާ ތެޔޮ. އަގުހެޔޮ ކުރުމުގެ ގޮތުން މިފްކޯއާއި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެފްއެސްއެމް އިން މިފްކޯއަށް ދޫކުރާ ތެޔޮ އަގު ހެޔޮކޮށްފިއެވެ.

މިގޮތުން ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ދޫކުރާ ތެޔޮ އަގު ހެޔޮ ކުރުމަށް ނިންމާފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ތެލުގެ އަގަށް ގެނައި ބަދަލުތަކުގެ ތެރޭގައި މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ތެޔޮ ވިއްކަމުން ދާނީ 13.90 ރުފިޔާ އަށެވެ. އަދި މިފްކޯއަށް 3 ޓަނަށްވުރެ އިތުރަށް މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދާނީ 13.72 ރުފިޔާއަށެވެ.

މީގެ އިތުރުން އާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކާ އަގުވެސް ވަނީ ހެޔޮ ކޮށްފައެވެ. އެގޮތުން އާންމު ފަރާތްތަކަށ މިފްކޯއިން ތެޔޮ ވިއްކަމުން ދާނީ 14.43 ރުފިޔާއަށެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސް.ޓީ.އޯ ރޭޓުން އާޢްމު ރައްޔިތުންނަށާއި މަސްވެރިންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫ ސަރުކާރުން ވަނީ ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް