ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ ސަނީ އުމަރު 30 ދުވަހަށް ބަންދުކޮށްފި

ފުރަން ގޮސް ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށުން މާލޭ ގެނެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ހުސައިން ސަނީ އުމަރުގެ ބަންދަށް30 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ސަނީ އުމަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަވާކަމަށެވެ.

ފުލުހުން ބުނީ ޖިނާއީ މައްސަލައެއްގެ ތުހުމަތުއޮތްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިގެން ދާން އުޅުނުކަމަށެވެ.

އަދި އެމައްސަލާގައި އޭނާ ހައްުޔަރުކުރުމަށްފަހު ދޫކޮށްލި، ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ އަނެއްކާވެސް ހައްޔަރުކުރިކަމަށެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް