ގަމު އިންޖީނުގޭ އަލިފާން ނިއްވުމަށް ފަހު، ކަރަންޓު ދިނުމުގެ މަސައްކަތް ކުރަނީ

ލ.ގަމު ފެނަކަ އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
ފުލުހުން ބުނީ، ގަމު އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ނިންވާލެވުނީ 15:50 ހާއިރުގައިކަމަށެވެ.

މިޙާދިސާގައި އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ 1 ޖެނެރޭޓަރު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ފޮނަދޫ ފިޔަވާ ގުޅިފައިވާ އެސަރަޙައްދުގެ ރަށްތަކުންވަނީ ކަރަންޓު ކެނޑިފައެވެ. އެމްއެންޑީއެފް އާއި ގުޅިގެން އިތުރު ޖަރަނެޓަރެއް ގެންގޮސްގެން ކަރަންޓު ވީހާވެސް އަވަހަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް