ލ. ގަމު އިންޖީނުގޭ އަލިފާން ރޯވެ އަދަނީ

ލ. ގަމު އިންޖީނުގޭގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު 2:50 ހާއިރު ގަމު ފެނަކަ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާކަަމަށެވެ. ފުލުހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. ސިފައިންނާ ފުލުހުން އަދި އެރަށު ރައްޔިތުން މިހާރު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި ގަމުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވެެއެވެ. މިހާތަނަށް މިކަމުގެ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް