މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަނީ

މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިިފިއެވެ.

ފުލުހުން ބުނީ ގދ. ގައްދޫ ޕޮލިސްޓޭޝަނުން ބަލަމުން އަންނަ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް / ހޯދަޑު. ބޯގަންވިލާ،  ސާމީ އަބްދުލްހަމީދު (35އ) އެވެ.

ސާމީ އަބްދުލްހަމީދު އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7791755 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް