މެދުރާއްޖެތެރެއާއި އުތުރަށް ވިއްސާރައާއެކު ކަނޑުގަދަވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ކުރިއަށްއޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރައާއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން(މެޓު) އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

އޭގެ އިތުރުން ބައެއް ވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށާއި، ވައިޖެހޭނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށް މެޓުން ބުނެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ދެކުނުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހޭނެއެވެ. އަދި މާދަމާ ކެރީގެ އަސަރުކުރާނެއެވެ. އެއަށްފަހު 3 ދުވަހު މޫސުން ރަނގަޅުވުމަށްފަހު އާދިއްތަ ދުވަހު އަނެއްކާވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެކަމަށް މެޓުން ބުނެެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް