ކުޑަކުދިންނަށް ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސަނީ އުމަރު އެއާޕޯޓުން ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ސަނީ އުމަރު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސަނީ އުމަރު ހައްޔަރަށް ގެންގޮސްފައިވަނީ އެއަޕޯޓްގައި ހުއްޓައެވެ. ބެލެވޭ ގޮތުގައި އޭނާ އެއާޕޯޓަށް ގޮއްސަ ހުރީ ރާއްޖެއިން ފުރައިގެން ދިއުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަނީ އުމަރު ރާއްޖެ އައިސްފައިވަނީ ވެސް މިއަދު އެވެ. އޭނާ އެއާޕޯޓުން ނުކުތްތަނާ ފުލުހުން ވަނީ އޭނާ ސުވާލުކުރުމަށް އެފްސީޕީޑީއަށް ހާޒިރުކޮށްފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް