ޚާރިޖީ ވަޒީރު ރޮމޭނިއާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ރޮމޭނިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އޮއާނާ-ސިލްވިއާ ސޯޔޫ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަޒީރު އޮއާނާ-ސިލްވިއާ ސޯޔޫއަށާއި ރޮމޭނިއާ ސަރުކާރާއި ރައްޔިތުންނަށް، ރޮމޭނިއާގެ ޤައުމީ ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

ވަޒީރު ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ ރޮމޭނިއާ އާއި ދިވެހިރާއްޖެ އާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެ ކުރިއެރުން ކަމަށެވެ.

"‏‎އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް