ބުރިޖު މަތިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލޭ ބުރިޖުން މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ މަޢުލޫމާތު ލިބުނީ މިއަދު 18:35 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް ކަމަށާއި، އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށާއި، އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީވެސް ވަޒީރުގެ ކާރުކޮޅުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި މި އެކްސިޑެންޓުގައި އެކެއްގެ މޫނުމަތިން ފަޅައިގެން ގޮސްފައިވާއިރު، ދެ މީހުންގެ ގައިގެ އެކި ތަންތަނުން މަށައިގެންގޮސް އެކި ވަރުގެ އަނިޔާވެފައިވެއެވެ. މި އެކްސިޑެންޓުގައި ދެ ސައިކަލަށްވެސް އެކި ވަރުގެ ގެއްލުން ވަނީ ވެފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް