ދުނިޔޭގެ އެންމެ ބޮޑު 1 ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކުން 3 ގުނަ ހަލުވިކޮށްފި

ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތައް އަވަސްކުރެއްވުމަށް ބިޔަ ޑްރެޖަރުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަން ރައީސް ހާމަކުރެއްވީ މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.

އޭގެތެރެއިން 2 ޑްރެޖަރެއް ގެނެސްގެން މަސައްކަތް ފަށާފައިވާއިރު، 3 ވަނަ ޑްރެޖަރުވެސް ރާއްޖެ ގެނެސް މަސައްކަތް ފަށާފައިވާކަން ރައީސް ވަނީ މިއަދު ހާމަކުރައްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާކަމަށެވެ.

އަދި މި ޑްރޭޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ ހަލުއިވެގެންދާނެކަމަަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް