ނޮޅިވަރަމް ދާއިރާ ރައްޔިތުންގެ ނަމުގައި އެމްޕީ ރަޝީދުބެ 20،000 ރުފިޔާ ހަދިޔާކުރައްވައިފި

މިހާރު ކުރިއަށްދާ ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ނޮޅިވަރަމް ދާއިރާ މެމްބަރު މުހައްމަދު ރަޝީދު (ރަޝީދުބެ) 20،000 ރުފިޔާ ހަދިޔާކުރައްވައިފިއެވެ.

ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ރަޝީދުބެ މިފައިސާ ހަދިޔާކޮށްފަވަނީ ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ ނަމުގައެވެ. ދާއިރާގެ ރައްޔިތުންގެ ނަމުގައި މި ޓެލެތޯނަށް ފައިސާ ހަދިޔާކުރައްވާފައިވަނީ ރަޝީދުބެ އެކަނިކަން ފާހަގަކުރެވެއެވެ.

ނަމަވެސް ރަޝީދުބެ ނިސްބަތްވާ ޕީއެންސީ ޕީޖީ ގުރޫޕުން ވަނީ މި ޓެލެތޯނަށް 3 ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 11 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިފައިވެއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރު ފެށި މި ޓެލެތޯން މިއަދުގެ މެންދުރު 2:00 ޖެހުމާއިހަމައަށް ވަނީ ކުރިއަށްގެންގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް