ކަރަންޓު ޖެހި ފިހުނު ސްޓެލްކޯ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާގައި ކަރަންޓުގައި ޖެހި ފިހުނު މީހާއަށް އިތުރު ފަރުވާދިނުމަށް ތައިލެންޑަށް ގެންގޮސްފި އެވެ.
ސްޓެލްކޯއިން މިއަދު ބުނީ ފިހިފައިވާ މުވައްޒަފަށް އިތުރު ފަރުވާ ދިނުމަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވީ 43 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް