3 މީހުންނާއެކު ދޯންޔެއް އަޑިއަށް ދަނީ

މުދާ އުފުލާ ދޯންޔެއް އަޑިއަށްދާތީ ފުލުހުން ހަރަަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނީ ވިލިގިއްޔާއި ވާދޫއާ ދިމާ ބޭރަށް "ފެހިލާ" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު ނޮވެމްބަރު 30 ވަނަ ދުވަހު 16:59 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓާއި ގުޅިގެން މެރިން ޕޮލިހުން ދޯނި އޮތް ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ދޯނީގައި ތިން މީހުން ތިބިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާރު އެ ދޯނި ކަފު ޖަހައިގެން ގުޅީފަޅަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް