ނިޔާވެފައި އޮއްވާ ފެނުނީ ބިދޭސީއެއް: ފުލުހުން

ހުޅުމާލޭ ގެސްޓްހައުސެއްގައި ނިޔާވެފައި އޮއްވާ ފެނުނީ ބިދޭސީއަކު ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 1 ގެސްޓްހައުސެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު 12:14 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް