މަޖިލީހުގެ ނައިބު ރައީސް ރަސްމީ ދަތުރުފުޅެއްގައި ޔޫކޭ އަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ނާޡިމްގެ އަރިހުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި މުވައްޒަފުންގެ ވަފުދެއްވެސް އިނގިރޭސިވިލާތަށް ވަޑައިގަންނަވައެވެ.

މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި ނާޡިމް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ "ޝެއަރޑް އިންސައިޓްސް އޮން ޕާލިމެންޓަރީ ޕްރެކްޓިސް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ މި ފެށޭ ޑިސެންބަރު މަހުގެ 1 އިން 4 އަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް