މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފްލެޓް، 03-2-161، މުޙައްމަދު ޝައިޙާން (23އ) އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ފެނުމުން އޭނާ ދުއްވަން އިން ސައިކަލުގެ ސްޕީޑް ބާރުކޮށް ފުލުހުންނަށް ފިލަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން އަދި އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނުމާ ގުޅިގެން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ނޮވެންބަރު 29 ވަނަ ދުވަހު ހައްޔަރުކުރި ޝައިޙާން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް