ސިލޯނާއެކު ދިވެހީން ޓެލެތޯން ފަށައިފި

ލަންކާއަށް އެހީވުމަށް ބާއްވާ" ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފިއެވެ.

މި ޓެލެތޯނަކީ ބާރުގަދަ ތޫފާނެއް ކަމުގައިވާ ދިތުވާއާ ގުޅިގެން އަވަށްޓެރި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމަށް ބޮޑެތި ގެއްލުންތަކެއްވެ އެތައްބަޔަކު މަރުވެ އެތައްބަޔަކު ހާލުގައި ޖެހިފައިވާތީ، އެޤައުމަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ބާއްވާ ޓެލެތޯނެކެވެ.

26 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިހާރު ފަށާފައިވާއިރު މިރޭ މެންދަމު 1:00ޖެހުމާ ހަމައަށް މި ޓެލެތޯން ކުރިއަށް ދާނެއެވެ. މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ހުޅުވާލާފައިވާ ކަމަށް މި ޓެލެތޯން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ. އެގޮތުން ކިއުއާރު ކޯޑް ސްކޭންކޮށްގެން ފަސޭހައިން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ނަގުދު ފައިސާ، ޓްރާންސްފަރ އަދި ބޭންކް ޗެކް މެދުވެރިކޮށްވެސް މިޓެލެތޯނަށް ފައިސާ ޖަމާކުރެވޭނެއެވެ.

ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ޚާއްސަ އެކައުންޓެއްވެސްވަނީ ހަދާފައެވެ.

އަދި މިނިވަން އޮޑިޓް ފަރމެއްގެ ބެލުމުގެ ދަށުން ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށް މިމަސައްކަތް ކުރިއަށްގެންދިއުމުގެ ބޭނުމަކީ، މިނިވަން އޮޑިޓް ފަރމެއް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައިވަނީ ސޮއިކޮށްފައެވެ. މިޓެލެތޯންގެ އޮޑިޓް ފަރމެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކްރޯ މޯލްޑިވްސް އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް