ހަށި ވިއްކުމުގެ މައްސަލައެއްގައި ތިނަދޫން ދެ މީހަކު ހައްޔަރުކޮށްފި

ހަށި ވިއްކުމުގެ މައްސަލައެއްގައި ތިނަދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގދ. ތިނަދޫގައި ފައިސާއަށް ހަށި ވިއްކަމުންދާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނޮވެންބަރު 28 ވަނަ ދުވަހުގެ 23:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެ ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ބަދުއަޚްލާޤީ ޢަމަލު ހިންގަމުން ދަނިކޮށް، ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ކޯޓަށް ހާޒިރުކުރުމުން، ކަފާލާތުގެ ދަށުން ފިރިހެން މީހާ ދޫކޮށްލާފައިވާއިރު، އަންހެން މީހާ ހަތަރު ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް